-Advertisement-

-Advertisement-

އޮޔާދަނިކޮށް ފެނުން 14 މީހަކު ސަލާމަތްކޮށްފި

އޮޔާ ދަނިކޮށް ފެނުނު ޑައިވަރުން/ ފޮޓޯ: ފުލުހުން

ގދ، ގަމާއާ ދިމާއިން އޮޔާ ދަނިކޮށް ރަޝިއާގެ 10 ޑައިވަރުންނާއި 4 އިންސްޓްރަކްޓަރުން ސަލާމަތްކޮށްފިއެވެ. މި މީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ، މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އެ އަތޮޅު ގަމާ ދިމާލު ކަނޑުމަތިން ޑައިވަރެއް ފެނިގެން އެ ސަރަހައްދަށް ދިޔަ ކަމަށެވެ.

އަދި އެ ސަރަހައްދަށް ދިޔައިރު އިތުރު ދެ ޑައިވަރުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އެ ޑައިވަރުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަދިވެސް އިތުރު ޑައިވަރުންތަކެއް އޮޔާ ދާ ކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި ސަލާމަތް ކުރި އެންމެން ގދ. ގައްދޫއަށް ގެންގޮސް، އެ މީހުން ޑައިވިންއަށް ދިޔަ ސަފާރީގެ ދޯނި ގެނެސް އެ މީހުން ހަވާލުކޮށްފައިވާ ކަމަށެވެ. އެ އެންމެންގެވެސް ހާލުވެސް ރަނގަޅު ކަމަށް ބުންޏެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-