-Advertisement-

-Advertisement-

އިންތިހާބު ބޭއްވޭނެ އެންމެ ފަހު ތާރީހަށް އޭޕްރީލް 21 ވީ ސަބަބު ކިޔައިދީފި

އީސީގެ ރައީސް، ނައިބު ރައީސް އަދި ސެކެޓްރީ ޖެނެރަލް

21 އޭޕްރީލްއަށްވުރެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ލަސްކޮށްފިނަމަ، މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އުވެން ވާއިރަށް އާ މަޖިލިސް ނުހޮވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދް ތައުފީގު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އާދިއްތަ ދުވަހެއްގައި ބާއްވަން ނިންމާފައިވާތީ، އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވަމުންދަނިކޮށް ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފުއާދު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން ނިންމީ އެއީ ރަމަޟާން މަސް ނިމުމަށްފަހު 10 ދުވަސް ދޫކޮށް އަންނަ ފުރަތަމަ ދުވަސް ކަމަށްވާތީ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލް މަޖިލީހުން ފާސްކުރުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ބުރާސްފަތި ދުބަހު އެ ބިލް ތަސްދީގު ކުރައްވާފައެވެ.

މަޖިލިސް އިންތިހާބު އާދިއްތަ ދުވަހެއްގައި ބާއްވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރޭ ތުހުމަތު ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-