-Advertisement-

-Advertisement-

ބަންގަލަދޭޝްގައި އަލިފާނުގެ ހާދިސާއެއް: 45 މީހަކު މަރު

ބަންގްލަދޭޝްގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ/ އޭޕީ

ބަންގްލަދޭޝްގެ ޑާކާގެ ޝޮޕިން މޯލެއްގައި ރޯވެ 45 މީހުން މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ގްރީން ކޯޒީ ކޮޓެޖް ޝޮޕިން މޯލްގައި ހިނގި މި ހާދިސާގައި ފުރަތަމަ އަލިފާން ރޯވީ މޯލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ބިރިޔާނީ ރެސްޓޯރެންޓެއްގައެވެ.

މި އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވައިލަފައިވާއިރު، އިމާރާތުގެ ތެރޭގައިތިބި 75 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު އަލިފާން ނިއްވާ އޮފިޝަލުން ވަނީ އެ އިމާރާތުގެ ތިރީ ބުރީގައި ހުންނަ ރެސްޓޯރަންޓުގައި ހިފި އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭ މުޅި އިމާރާތަށް ފެތުރިގެން ދިޔަކަމަށް ބުނެފައެވެ.

ފަސް މެމްބަރުންގެ ކޮމިޓީއެއް ނަގައި، ހާދިސާއާ ގުޅޭ ތަހުގީގެއް ހިންގުމަށް ބަންގްލަދޭޝް ސަރުކާރުން ވަނީ ފަށައިފައިވާއިރު ހާދިސާއާ ގުޅިގެން އެ ގައުމުގެ ރައީސް ޝެއިހް ހަސީނާ ވަނީ ހިތާމަ ފާޅުކުރައްވައިފައެވެ.

ސަލާމަތީ ކަންކަން ދަށްވުމުގެ ސަބަބުން ބަންގްލަދޭޝްގެ އިމާރާތްތަކާއި ކާރުހާނާތަކުގައި އަލިފާން ރޯވުން ވަނީ އާންމުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ވެސް ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ރޯވެ 52 މީހުން ވަނީ މަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-