-Advertisement-

-Advertisement-

އެމްއައިބީއިން “ބިޒްނަސް ބޭންކިން”ގެ ނަމުގައި މުޅިން އާ ގޮތްޕެއް ހުޅުވައިފި

ފޮޓޯ؛ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން “ބިޒްނަސް ބޭންކިން” ގެ ނަމުގައި މުޅިން އާ ގޮތްޕެއް ހުޅުވައިފިއެވެ.

އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ އިއްޔެ ހުޅުވިގެންދިޔަ އާ ގޮފީގެ ސަބަބުން އެމްއައިބީން ދޭ ބޭންކިންގެ ހިދުމަތްތައް ފުޅާވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ބިޒްނަސް ބޭންކިން އަކީ މި ދާއިރާއިން ކުރިއެރުމަށް އެމްއައިބީން ކުރަމުން އަންނަ މަސައްކަތައް ފުރިހަމަކަމެއް ގެނެސްދޭނެ ގޮތްޕެއް ކަމަށެވެ

ބިޒްނަސް ބޭންކިން ގެ ސާރވިސް ޑެސްކު ހުޅުވިފައި ހުންނާނެ ގަޑިތައް:

ރަސްމީ ދުވަސް (އާންމު މަސް) : ހެނދުނު 08:30 އިން 16:00 އަށް

ރަސްމީ ދުވަސް (ރޯދަ މަސް) : ހެނދުނު 09:30 އިން 15:00 އަށް

ރޯދަ މަހު ފަހު 10 ދުވަސް: ހެނދުނު 11:00 އިން 14:00 އަށް

އެ ބޭންކުން ބުނީ ބިޒްނަސް ބޭންކިންގެ ބައެއް ހިދުމަތްތައް 24 ގަޑިއިރު ދިނުމަށް ހާއްސަ ލޮބީއެއް އެ ބޭންކުން ގާއިމްކޮށްފައިވާ ކަމަށެވެ.

އެ ލޮބީގައި ޑޮލަރު ޖަމާކުރުމާއި ޑޮލަރު ނެގުމުގެ ހިދުމަތް ދެވޭނެ އެވެ. އަދި ލޮބީގައި ކޭޝް ޑިޕޮސިޓްކުރުމުގެ ހިދުމަތުގެ އިތުރުން ޕެޓީ ކޭޝް އަށް ހާއްސަ ކާޑެއް ވެސް ތައާރަފުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-