މ. މުލަކު ބަނދަރާ ދިމާ ހޭޅިފަށުން 20 ފުޅި ބަނގުރާ ހޯދައިފި އެވެ.
ފުލުހުން ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިފުޅިތައް ފެނުނީ ފޮށިގަނޑެއްގައި ފޮރުވާފައި ހުއްޓައި ކަމަށެވެ.
ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު މި ފުޅިތައް ހޯދި ނަމަވެސް މިމައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.