-Advertisement-

-Advertisement-

‎ހަވީރު ނޫހަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ފޮޓޯ: އެކްސް

ދުވަހު ނޫސް ހަވީރަކީ ހަވީރު ނިއުސް އެޖެންސީގެ ހައްގެއް ކަމަށް ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހަވީރު ނޫހަކީ ޑރ. މުހައްމަދު ޒާހިރު ހުސައިންގެމިލްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭގޮތުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް މައްސަލަ ހުށައެޅީ ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރުން ކަމަށްވާއިބްރާހިމް ރަޝީދު މޫސާއާއި ޢަބްދުﷲ ފާރޫގު ހަސަން އަދި މުޙައްމަދު ނައީމެވެ.

އެ ތިން މީހުން ދައުވާކުރީ ހަވީރު ނޫސް އެޖެންސީގެ އާމްދަނީން އެ މީހުނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެ ބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

އެ މައްސަލައިގައި 2014 ވަނަ އަހަރު ފުރަތަމަ ސިވިލް ކޯޓުން ހުކުމްކުރީ ޒާހިރު ހުސައިނާ އެއްކޮޅަށް ނަމަވެސް، އޯގަސްޓު، 2015 ގައި ހައިކޯޓުންވަނީ ހަވީރު ނޫހަކީ ޒާހިރުގެ އަމިއްލައަށް ހިއްސާވާ އެޖެންސީއެއް ނޫން ކަމަށާއި ގ. ކޮއްކިރި އަބްދުﷲ ފާރޫގު ހަސަނާއި ހ. މީރުބަހުރުގެއާގެ އިބްރާހިމްރަޝީދުގެ ހިއްސާ ވެސް ވާތަނެއް ކަމަށް ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ނޫހަކީ ޒާހިރުހުސައިންގެ މިލްކެއް ކަމަށެވެ. އަދި، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު އާއިޝާ ޝުޖޫންގެ ރައުޔުގައި ވިދާޅުވީ، ހަވީރު ނޫސް އުފައްދަން 1983 ވަނަ އަހަރުފައުންޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ ފަހުމުނާމާއެއް ކަމަށާއި އެ އެއްބަސްވުމަކީ ހައްގުތައް އުފަންކުރުވައި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެއެއްބަސްވުމެއް ނޫން ކަމަށެވެ. އެއީ، 2014 ވަނަ އަހަރު ސިވިލް ކޯޓުން ވެސް ފުރަތަމަ އެ މައްސަލަ ނިންމި ގޮތެވެ.

އެހެން ކަމުން، ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވަނީ ހަވީރު ނޫހުގައި ހިއްސާދާރުން ބައިވެރިނުވާ ކަމަށް ނިންމަން ހުށަހަޅައިފައެވެ.

މައްސަލައިގެ ބެންޗުގެ ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ވެސް ވަނީ ފަނޑިޔާރު ޝުޖޫންގެރައުޔަށް ތާއީދުކުރައްވައިފައެވެ. އެހެންވެ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހަވީރު ނޫހަކީ ޒާހިރުގެ މިލްކެއް ކަމަށް ހުކުމްކޮށް،އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-