-Advertisement-

-Advertisement-

ސީއެމްބިއުލާންސްގައި ހިދުމަތް މި މަހުގެ 15 ގައި ފަށާނީ

ފޮޓޯ: ސްކައިޒް މެގަޒިން

ސީ ޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭން މި މަހުގެ 15 ގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ

ހެލްތު މިނިސްޓްރީން މީޑިއާ އޮފިޝަލަކު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ބަލި މީހުން ގެންދިއުމަށް ހާއްސަކުރާ އެމްބިއުލާންސެއްގެ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި މި މަހުގެ މެދު ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ވައުދު ތަކުގައިވާ ގޮތުގެ މަތިން އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ސަރުކާރުގެ އަމާޒަކީ އެއާޕޯޓު ނެތް ރަށްރަށުން ބަލި މީހުން އުފުލުމަށް ސީޕްލޭންގައި އެމްބިއުލާންސް ބޭނުންކުރުމެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ އައިލެންޑް އޭވިއޭޝަނުގެ ޑޭޝް 8-200ގެ މަތިންދާ ބޯޓެކެވެ. އަދި ސީ ޕްލޭންގައި އެމްބިއުލާންސްގެ ގޮތުގައިވެސް ބޭނުން ކުރާނީ އެ ކުންފުނީގެ އުޅަދެކެވެ.

އެއާ އެމްބިއުލާންސްގެ މަތިންދާ ބޯޓުގައި އެއް ފަހަރާ ދެ ބަލި މީހުން އުފުލޭނެ ކަމަށެވެ. އެކަމަކު، ސީއެމްބިއުލާންސްގައި އުފުލެނީ އެންމެ ބަލި މީހެކެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-