ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 50 ވަރަކަށް ބިން ނުހައްގުން ދޫކޮށްފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ
ފަޒުލް މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ފަޒުލް ވިދާޅުވީ ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އިތުރުން ނުހިއްކާ އޮތް ތަނުން ގާތްގަނޑަކަށް 50 ވަރަކަށް ބިން ނުހައްގުން މީހުންނަށް ދީފައި އެބަހުރި ކަމަށެވެނުހައްގުން ބިން ދޫކޮށްފައިވާ މީހުންގެ މައުލޫމާތު އާންމުކުރައްވާނެ ކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމުން ނުހައްގުން ގޯތި ދޫކުރި ކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.