-Advertisement-

-Advertisement-

ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ތުޅާދޫގައި އަޅާދޭނަން: ރައީސް

ރައީސް ޑރ. މުއިއްޒު /ފޮޓޯ: ރައިސްއޮފީސް

ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ޒަމާނީ ފެންވަރު ރަނގަޅު އެއާޕޯޓެއް ބ. ތުޅާދޫގައި އަޅުއްވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ތުޅާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިދިޔަ ސަރުކާރުން ވަނީ ތުޅާދޫގައި އެއާޕޯޓެއް ހަދަން ނިންމައި، އެއާޕޯޓުގެ އެޅުމަށް ބޭނުންވާ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ފަށާފައެވެ. ނަމަވެސް އެ މަސައްކަތް ވަކި ހިސާބަކުން ވަނީ ހުއްޓިފައެވެ.

ނަމަވެސް އެ ދުވެލި އަވަސްކޮށް މަޝްރޫއަށް ބަދަލު ގެނެސްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ރައްޔިތުން ބޭނުންވާ ގޮތަށް މަޝްރޫއު ބަދަލުކޮށް މަސައްކަތް ނިމޭއިރު ޒަމާނީ ފެންވަރުގެ އެއާޕޯޓެއް ރަށަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

“އެންމެ ގިނަ ޒަމާންތަކެއްވަންދެން ތި ބޭފުޅުން އުންމީދުކުރަމުން އައީ އެއާޕޯޓުގެ ކަންތައް. ވަރަށް ލަސްކޮށްދާ ވަރަށް ފަނޑުކޮށްދާ ހަގީގަތަކަށް ނުވާނެހެން ހީވާ ގޮތަށް ދާކަމެއް. އެކަން ބަދަލުކޮށް، ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވާ ފެންވަރުގެ އެއާޕޯޓެއް އަޅުގަނޑުމެން ހަދައިދޭނެ ވާހަކަ ދަންނަވަން” ރައީސް

ރައީސް ވިދާޅުވީ ތުޅާދޫއަކީ މި އަތޮޅުގެ ތަރައްގީގައި މުހިންމު ރަށެއްކަމަށެވެ. އަދި ކޮންމެ ރަށެއްގަައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށާއި އެ ކަން ކުރާނީ ރައްޔިތުންގެ ބައިވެރިވުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-