-Advertisement-

-Advertisement-

ގިނަ އަދަދެއްގެ ބޮޔާއި ވާތައް އަޅާފައި އޮތުމުން ވިލިމާލެ ދެ ކަނޑުއޮޅި ބަންދުކޮށްފި

ވިލިމާލެ ދެ ކަނޑުއޮޅު ވަނީ ބަންދުކޮށްފައި-- ފޮޓޯ: މިހާރު

ގިނަ އަދަދެއްގެ ބޮޔާއި ވާތައް އަޅާފައި އޮތުމުން ވިލިމާލެ ދެ ކަނޑުއޮޅި ބަންދުކޮށްފިއެވެ.

މިތަން ބަންދުކުރީ އެއީ އެތަނުން ދަތުރު ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެތީއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވުމަކީ މަނާކޮށްފައި އޮތް ކަމަކަށްވިޔަސް އަދިވެސް އެތަނުން އުޅަނދުފަހަރު ދަތުރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، ވަކިން ހާއްސަކޮށް އެތަނުން ފެންނަނީ ރިސޯޓުތަކުގެ ސްޕީޑު ބޯޓުތައް ދުއްވާ މަންޒަރުކަމަށެވެ.

އެ ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން، ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

“އެހެންކަމުން މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާންކޮށްފަ އެވެ،”  އިއުލާން

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-