-Advertisement-

-Advertisement-

‘ރޯދަ ހަދިޔާ’ ދޭންވާނީ ކޭޝް ފްލޯއަށް ގެއްލުންނުވާ ގޮތަށް: ޕީސީބީ

އެމްއެމްއޭ / ފޮޓޯ: އަވަސް

ސަރުކާރު ކުންފުނިތަކާ، ސަރުކާރު ހިއްސާވާ ކުންފުނިތަކާ އަދި އެ ކުންފުނިތަކުގެ ސަބްސިޑީއަރީ ކުންފުނިތަކުން ރޯދަމަހާ ގުޅުވައިގެން މުވައްޒަފުންނަށް ‘ހަދިޔާ’ ދޭންވާނީ ކުންފުނީގެ ކޭޝް ފްލޯއަށް އަސަރު ނުކުރާނެ ގޮތަށްކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭ ގޮތުން ޕީސީބީން އިއްޔެ ވަނީ ސާކިއުލާއެއް ނެރެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މި އަހަރުގެ ރޯދަ މަހުން ފެށިގެން މި ސާކިއުލާއަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.

ޕީސީބީ އިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައިވާ 3،000 ރުފިޔާ ދޭންވާނެ ކަމަށެވެ.

ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި އެއަށްވުރެ އިތުރަށް ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ މާޗް މަހުގެ މުސާރަ ދޭއިރު އެބައި އެޖެސްޓްކުރަންވެސް ވަނީ އަންގާފައެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ވަނީ ރޯދަ މަސް ފެށޭއިރު، ޕޭ ލީވް އާއި ނޯ ޕޭ ލީވް އަދި ސްކޮލާޝިޕް ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންނުޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރޯދަމަހުގެ ތެރޭގައި އަނބުރާ މަސައްކަތަށް ނުކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން އެ މުވައްޒަފަަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ އަދަދު ބަލައި އެ އަދަދަށްވާ ފައިސާ ދޭން ޖެހޭނެކަމަށެވެ.

އަދި ރޯދަ މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުުރަން ފަށާ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ވަރެއް ބަލައި އެ އަދަދަކަށް އިނާޔަތު ފައިސާ ދިނުމަށްވެސް ވަނީ އަންގާފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-