ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް މިހާރު ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި ކާޑު ލިބޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުއިން ބުނެފި އެވެ.
އެ ޑިޕާޓްމަންޓް އިން ބުނެފައިވަނީ ސަރުކާރު ބަދަލުވުމުގެ ނިޔަލަށް 2،378 ކާޑު ނުނިންމި އޮތް ކަމަށާއި އެ ހުރިހާ ކާޑުތަކެއް ހައްދައި ވެރި ފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. މި ބެކްލޮގް އެއްކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެއްކޮށް ހުސްކޮއްފައިވާ ކަމަށެވެ.
މި ބެކްލޮގް ހުސްކުރުމުން ދެން އައިޑީ ކާޑަށް ހުށައަޅާތާ 24 ގަޑި އިރު ތެރޭ ވެރިފަރާތަށް ކާޑު ހަވާލުކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުއިން މައަލޫމާތުދީފައިވެއެވެ.
ކޮވިޓް 19 ގެ ފަހުން ވަނީ އޮންލައިންކޮށް އައިޑީ ކާޑަށް ހުށައެޅުމުގެ ނިޒާމްވަނީ ގާއިމްކޮއްފައިއެވެ.