-Advertisement-

-Advertisement-

ފެނަކައިން ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ފައިސާ ދެ އަހަރު ތެރޭ ދައްކައި ނިންމަން މަސައްކަތްކުރަނީ

ފޮޓޯ؛ ސަން އޮންލައިން

ފެނަކަ ކުންފުނިން އެކި ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި އެތައް ބިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި ވިޔަފާރިތަކަށް ދެއްކުމަށް ޕްލޭނެއް އެކުލަވައިލާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ

މުއާޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބ.ކެންދޫއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މީގެ އިތުރުން މުޢާޒު ވިދާޅުވީ ފެނަކައިގެ އޮފީސް އިމާރާތް އެ ކުންފުނިން އިންހައުސްކޮށް އެޅުމަށް ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން 60 މަޝްރޫޢެއްގެ މަސައްކަތް މަޑުޖެހިފައި އެބައޮތް ކަމަށެވެ. އެ މަޝްރޫޢުތަކަށް 1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މި 60 މަޝްރޫޢުތަކުގެ މަސައްކަތް އެވެރެޖުކޮށް ގޮސްފައިވަނީ އެންމެ 45 އިންސައްތައާ ހަމައަށް ކަމަށެވެ. އަދި މިޓްރެންޑުގައި ކުރިއަށްގެންދާނަމަ އެ މަސައްކަތްތައް އެކީގައި ނިންމުމަށް އިތުރު ބިލިއަނެއް ޚަރަދުވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިން ކުރަމުންދިޔަ ގޮތަށް ނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ މި މަޝްރޫޢުތައް ހިންގުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މެޓީރިއަލް ނެގުމަށްފަހު އެ ވިޔަފާރިތަކަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވެފައިވާކަމަށެވެ.

މިފަދައިން ވިޔަފާރިތަކަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ހުރުމަކީ ކުރީގެ ސަރުކާރާއި ފެނަކައިގެ ކުރީގެ މެނޭޖުމެންޓުން ވެފައިވާ ވަރަށް ބޮޑު އިހުމާލެއް އަދި ޚިޔާނާތެއް ކަމުގައި މުއާޒު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-