-Advertisement-

-Advertisement-

މިސްރާބު ހަމަ މަގަށް އެޅޭނީ މަޖިލީސް މެޖޯރިޓީ ލިބިގެން: އެމްޑީޕީ

ފޮޓޯ: ވޮއިސް

ގައުމުގެ މިސްރާބު ހަމަ މަގަށް އެޅޭނީ މަޖިލީސް މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން ކަމަށް އެ ޕާޓީގެ ރައިސް ވިދާޅުވެއްޖެ.

އިއްޔެ މާލޭގެ ބައެއް ދާއިރާތަކުގެ ކެމްޕޭނަށް ނުކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލު ކުރަށްވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ކޮންމެ ދިމާލަކުން ވެސް މިވަނީ މިސްރާބު ހަމަ މަގަށް އަޅުވަންޖެހޭ އަޑުތައް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އިވެމުން ދަނީ އެންމެ އަޑެއް ކަމަށާއި އެއީ ގޯހެއް ހެދިއްޖެ ކަމާއި މިސްރާބު ހަމަ މަގަށް އަޅުވަން ވެއްޖެ ކަމުގެ އަޑުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުއަށް އެމްޑީޕީގެ ރައީސްކަން ލިބިވަޑައިގެންނެވީ އެ ޕާޓީގެ ހުސްވެފައިވާ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމަށް މިދިޔަ މަހުގައި ހުށައަޅާލުމުން ޝާހިދު ފިޔަވާ އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ. ޝާހިދު ރައީސް ކަމަށް އައްޔަން ކޮއްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ދަނީ އެކި ރައްތަކަށް ދަތުރުކޮށް, ކެމްޕޭންތަކުގައި ބައިވެރިވަމުންނެވެ. އެ ޕާޓީއިން ކުރިޔަށް އޮތް އިންތިހާބުގައި 89 ދާއިރާއަށް ކުރިމަތިލައްވައެވެ. އެމްޑީޕީއިން މިފަހަރުގެ މަޖިލީސް އިންތިހާބުގެ ކެމްޕޭނަށް ކަނޑައަޅާފައިވާ ޝިޔާރަކީ “މިސްރާބު ހަމަމަގަށް” އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް 21 ވާ އާދިއްތަ ދުވަހުއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-