-Advertisement-

-Advertisement-

ރޯދަ މަހު ސްކޫލް ސެޝަންތައް އޮންނަ ގަޑިތައް އިއުލާންކޮށްފި

ފޮޓޯ؛ ސަން އޮންލައިން

ކުރިއަށް އޮތް ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދާނެ ސެޝަން ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީގެ ފަރާތުން މިއަދު ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ކިޔެވުން ކުރިއަށްގެންދެވޭނެ ގަޑިތައް  ވަނީ އަންގައިފައެވެ.

އެގޮތުން މިނިސްޓްރީން ބުނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކިޔެވުން ފަށަންޖެހޭނެ ކަމަށާއި ކިޔެވުން ނިންމަންވާނެ އެންމެ ލަސް ގަޑިއަކީ މެންދުރުފަހު 15:00 ކަމަށެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުގައި ވެސް 8:30 ގައި ކިޔެވުން ފަށަން ޖެހޭނެކަމަށާއި ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 15:00 ގެ ކުރިން ނިންމަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

ދަންފަޅިތައް ކުރިއަށް ދާ ގޮތާއި ދިގުމިން:

  • އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ދަރިވަރުން: 1 ގަޑިއިރާ 30 މިނެޓް
  • ގްރޭޑް 1 އިން 6 އަށް ކިޔަވާ ދަރިވަރުން: 2 ގަޑިއިރާ 30 މިނެޓް
  • ގްރޭޑް 7 އިން 12 އަށް ކިޔަވާ ދަރިވަރުން: 3 ގަޑިއިރު

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ގަޑިތަކުގެ ވަގުތު މަދުވުމުގެ ސަބަބުން ކޮންމެ ގަޑިއެއް ވެސް 30 މިނެޓާއި 45 އަށް ކިޔަވާ ދިނުމަށެވެ.

މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށްދާ ވަގުތުގައި އިދާރީ މުވައްޒަފުންގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެ ސާކިއުލާގައި އަންގައިފައެވެ.

މި އަހަރުގެ ރަމަޟާން މަހު ކިޔަވައިދޭނީ ފުރަތަމަ 20 ދުވަހެވެ. ފަހު ދިހައިގައި ސަރުކާރު ބަންދުވުމާއެކު ދަރިވަރުންނަށް ވެސް އެ ދުވަސްތައް ބަންދުވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-