-Advertisement-

-Advertisement-

ބަނގުރާ ފުޅިތަކާ އެކު ލޯންޗެއްގައި ފަޅުރަށަކަށް ދަނިކޮށް 10 މީހަކު ހައްޔަރުކޮށްފި

ފޮޓޯ؛ މިހާރު

މ. މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތަކެއް ހިފައިގެން ފަޅު ރަށަކަށް ދަނިކޮށް 10 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މުލަކުގައި ދުއްވާ ލޯންޗެއްގައި ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ހިފައިގެން ފަޅު ރަށަކަށްދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އޮޕަރޭޝަން ހިންގީ މިދިޔަ ހޯމަ ދުވަހުގައި އެވެ.

ފުލުހުން ބުނި ގޮތުގައި މުލި ޕޮލިސް ސްޓޭޝަނާއި ކޮޅުފުށި ޕޮލިސް ސްޓޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކުރީ މ. ހަކުރާހުރާ ކައިރިން ކަނޑުމަތިންނެވެ.

ފުލުހުން ބުނެފައިވަނީ  އެ މީހުން ހައްޔަރުކޮށް، ދަތުރުކުރި ލޯންޗާއި އެ މީހުން ގެންގުޅުނު ތަކެތި އަދި ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 15 ސެލޯފިންކޮޅާއި ދަޅުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތި ވެސް ފެނިފައިވެއެވެ. އަދި 35 ބަނގުރާ ފުޅި އޭގެ ތެރެއިން ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލާގައި ޖުމްލަ 10 މީހަކު ހައްޔަރުކުރިއިރު ފުލުހުން ބުނީ ލޯންޗު ބަލައި ފާސްކޮށް، އެ މީހުން ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ތުހުމުގައި ވެސް އިތުރު މީހަކު ހައްޔަރުކުރި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބައެއް މީހުން ދޫކޮށްލާފައިވާއިރު އެހެން މީހުންގެ ބަންދަށް ތިން ދުވަހާއި ފަސް ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. ނަމަވެސް، މިހާރު ބަންދުގައި ތިބި މީހުންނާއި ދޫކޮށްލި މީހުންގެ އަދަދު ސާފެއް ނޫނެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-