-Advertisement-

-Advertisement-

ރޯދަމަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް އިއުލާނުކޮށްފި

ކައިވެނި ކޮށްފައިވާ ދެ ފަރާތެއްގެ އަތްތިލަ

ރޯދަމަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް އިއުލާނުކޮށްފިއެވެ.

އެ ކޯޓުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ ރޯދަ މަހު ކައިވެނި ކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:30 އިން 12:30 އަށް ކަމަށެވެ. އަދި ރޭގަނޑު 21:30 އިން 23:30 އަށް ކަމަށެވެ. އަދި ކޯޓުން ބޭރުގައި ކުރާ ނަމަ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށް ކައިވެނި ކޮށްދޭނެ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:30 އިން 12:30 އަށް އަދި ހަވީރު 16:00 އިން 17:30 އަށްކަމަށާއި ރޭގަނޑު ކައިވެނި ކޮށްދޭނީ ކޮންމެ ދުވަހެއްގެ 19:30 އިން 21:30 އަށް ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

ނިމިދިޔަ 2023 ވަނަ އަހަރު މާލެ ސަރަހައްދުގައި ޖުމުލަ 2،426 ކައިވެނި އަދި 1،280 ވަރި ކޮށްފައިވާކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މިދިޔަ އަހަރު ކައިވެނި އެންމެ ގިނައީ ނިމިދިޔަ ޑިސެމްބަރު މަހުގަ އެވެ. އެ މަހުގައި 306 ކައިވެނި ކޮށްދީފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ކައިވެނި ކޮށްދީފައިވަނީ ޖުލައި މަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-