-Advertisement-

-Advertisement-

ހަނިމާދޫ – ޓްރިވެންޑްރަމް ދަތުރުތައް މޯލްޑިވިއަނުން އަލުން ފަށަނީ

މޯލްޑިވިއަންގެ ފްލައިޓެއް

ހަނިމާދޫ – ޓްރިވެންޑްރަމް ދަތުރުތައް މޯލްޑިވިއަނުން އަލުން ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަނިމާދޫން، ޓްރިވަންޑްރަމް ދަތުރުތައް ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި މިއަދުން ފެށިގެން އެ ދަތުރުތަކުގެ ޓިކެޓް ބުކް ކުރެވެން ހުންނާނެ ކަމަށާއި ދަތުރުތައް ބާއްވާނީ ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ހުކުރު ދުވަހު ކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ދަތުރުތަކާއެކު މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާވުމުގެ އިތުރުން ރާއްޖޭގެ އިގުތިސޯދަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މީގެއިތުރުން އެ ދަތުރުތައް ފެށުމަކީ މޯލްޑިވިއަންގެ ހިދުމަތް އުތުރުގައި ފުޅާކުރުމަށް އަހަމިއްޔަތުކަން ދޭ ކަމުގެ ހެއްކެއް ކަމަށާއި، ހަނިމާދޫ- ޓްރިވަންޑްރަމް ދަތުރުތަކުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-