އިންޑިއާގެ ފުރަތަމަ ކަނޑުއަޑީގެ މެޓްރޯ ކަލްކަތާގައި މިއަދު ހުޅުވައިފިއެވެ.
މި ހިދުމަތް ފައްޓަވައިދެއްވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ހިދުމަތް ފައްޓަވައި މެޓްރޯގައި މޯދީ ވަނީ ދަތުރުކުރައްވައިފައިއެވެ. ފުރަތަމަ ދަތުރުގައި މޯދީގެ އިތުރުން ސްކޫލް ކުދިންވެސް ބައިވެރިކޮއްފައިވެއެވެ. ކަނޑުއަޑީގެ މެޓްރޯ ދަތުރަށް ފަހުގައި މޯދީ ވިދާޅުވީ މިއީ އެ ގައުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މި މެޓްރޯ ބިނާކޮއްފައިވަނީ ކޯރަކުން ދެބައިވެފައިވާ އިންޑިއާގެ ކަލްކަތާ އާއި ހޮވްރާ އެވެ. އަދި މި ޓްރެކް ހަދާފައިވަނީ ކޯރުގެ 520 މީޓަރު އަޑީގައި އެވެ.