-Advertisement-

-Advertisement-

ފިތުރު ޒަކާތް، އަންނަ ހޯމަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެ

ފިތުރު ޒަކާތް ބަލައިގަންނަނީ

ފިތުރު ޒަކާތް، އަންނަ ހޯމަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ އޮންލައިން ކޮށް އަންނަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު:

  • އާދައިގެ ހަނޑޫ – 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ – 70 ރުފިޔާ
  • ރަތް ހަނޑޫ – 80 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) – 100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) – 125 ރުފިޔާ
  • އާދައިގެ ފުށް – 10 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

އޮންލައިން ކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތަކެއްވެސް ޒަކާތުހައުސްއިން ވަނީ ހަމަޖައްސާފައެވެ. އެއީ:

  • ދިރާގް – އެޕް/ދިރާގު ޕޭ
  • އުރީދޫ – އެމްފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް – ފައިސާ މޮބައިލް
  • ބޭންކް އޮފް މޯލްޑިވްސް – ބީއެމްއެލް ޕޯޓަލް
  • ފަހިޕޭ – ފަހިޕޭ އެޕްލިކޭޝަން
  • ފިނޭންސް މިނިސްޓްރީ – ބަނޑޭރި ޕޭ

އޮންލައިންކޮށް ޒަކާތް ނުދެއްކޭ ފަރާތްތަކަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-