-Advertisement-

-Advertisement-

‎ރަމަޟާން މަހަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ މާދަމާ ރޭ!

އިސްލާމިކް މަރުކަޒު

މިއަހަރުގެ ރަމަޟާން މަހަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ މާދަމާ ރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ، ހަނދު ސާބިތުކުރުމުގެ ޖަލްސާ 10 މާރޗު 2024 ވާ ހޯމަ ދުވަހުގެރޭ، 20:15 ގައި އިސްލާމީ މަރުކަޒުގެޖަލްސާ ކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.

މި ޖަލްސާގައި ހަނދާބެހޭ ގޮތުން ނިންމާ ނިންމުން އިއުލާންކުރާއިރު ޓީވީ އަދި ރޭޑިއޯއިން ލައިވްކުރުމަށް ހަމަޖެހިފައިވެއެވެ.

ރަމަޟާން މަހަށް ހަނދު ސާބިތުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ހަނދުބެލުން ބެލުން އޮންނާނެއެވެ.

އަދި ހަނދު ސާބިތުކުރުމަށްޓަކައި ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ކަލެންޑަރުގައި ބުނާގޮތުން ނަމަ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދަުވަހަކީ އަންނަ ހޯމަ ދުވަހެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-