-Advertisement-

-Advertisement-

މާފުށީ ޖަލުން ފޯނުތަކެއް އަތުލައިގެންފި

މާފުށި ޖަލުން އަތުލާފައިވާ ފޯނުތަކެއް / ފޮޓޯ: ފުލުހުން

މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 22 ފޯނު އަތުލައިފިއެވެ.

ފުލުހުން ބުނީ މާޗު މަހުގެ ހަވަނަ ދުވަހު މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނެއްގައި މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން 22 މޯބައިލް ފޯނާއި 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑްގެ އިތުރުން ދެ ސިމްކާޑާއި މޯބައިލް ފޯނުގެ ބައިތަކެއްވެސް ވަނީ އަތުލާފައެވެ.

މީގެ އިތުރުން ވެސް މި މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ފުލުހުން ބަލަމުންދާ، މަކަރާއި ހީލަތުން ފަސް ލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-