-Advertisement-

-Advertisement-

ތިނަދޫ އެކްސިޑެންޓު: ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ

ގދ ތިނަދޫ

ސައިކަލަކާއި ޕިކަޕެއް ޖެހި ތިނަދޫގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.

އެކްސިޑެންޓު ހިނގީ މިއަދު 3:40 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. . މި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެގެން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން މީހާއާއި އެ ޕިކަޕު ދުއްވަން އިން މީހާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-