-Advertisement-

-Advertisement-

ކަނޑު އުޅަނދުތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަނީ

ރައީސްއޮފީހުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމާގުޅޭ ކަންކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާތީ އެ ކަންކަން ހުއްޓުވުމުގެ ގޮތުން ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރުގައި “ވެސެލްސް ޓްރެކިން ޑިވައިސް” ހަރުކޮށް މޮނިޓާކުރުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ ހޯމްލޭންޑް މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

އަދި ވެސެލް ޓްރެކިން ޑިވައިސްއެއް ހަރުކޮށް މޮނިޓާކުރުމަށް ނިންމަވާފައި ވަނީ މަސްތުވާތަކެތި ވިއްކުމާއި ޓްރެފިކް ކުރުމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރާ ވިޔަފާރިއަކަށް ވެފައި އަދި ފުލުހުންނަށް މިކަން ހުއްޓުވުމުގެ އޮޕަރޭޝަންތައް ހިންގުމަށް ފަސޭހަކުރުމަށްޓަކައިކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ މި ޑިވައިސް ހަރުކުރާ އުޅަނދުތަކުގެ ހަރަކާތްތައް މޮނިޓާ ކުރުމުގެ އިންތިޒާމު ފުލުހުންގެ މެރިޓައިމް އޮޕަރޭޝަން ސެންޓަރުގެ އިތުރުން އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ގައި ހަމަޖެއްސުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-