-Advertisement-

-Advertisement-

މަސްވެރިންނަށް މިފްކޯ އިން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފި

މަސްވެރިން ކޫއްޑޫގައި ބޭއްވި އިޖުތިހާދުގައި މިނިސްޓަރު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ /ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިންނަށް މިފްކޯ އިން ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމައިފައިވާ ކަމަށް ޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީން މިއަދު ދޫކޮށްފައިވާ ކަމަށެވެ.

“އަޅުގަނޑަށް މިއަދުވެސް މި ލިބޭ އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނު ވާހަކަފުޅެއް ވިދާޅުވެއްޖެނަމަ އެކަމަށް އޮނަކުރައްވާކަން. އަދި އެކަން ކުރެވެން އޮތް އެންމެ ރަނގަޅަކަށް އެކަން ކޮށްދެއްވާކަން މިއަދުވެސް އަޅުގަނޑުމެންނަށް މި އެނގުނީ. މިއުދަނގޫ ހާލަތުގައިވެސް އެނގިވަޑައިގަންނަވާނެ ދައްކަމުން ދައްކަމުން އައިސް މިއަދު ފިނޭންސް މިނިސްޓްރީން މިފްކޯއަށް ހަމަ ހަވާލުކުރެއްވި ނޫނީ މިފްކޯއަށް މި ޖަމާކުރެއްވި އަދަދަކީ އެއީ މިހާރު މަސްވެރިންގެ ބެކްލޮގު އެއްކޮށް ހަމަކުލިއާ ވެެގެން އެ ދިޔައީ” ޝިޔާމް

މަސްވެެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިރޭ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން މިދިޔަ މަހު މުޒާހަރާ ކުރުމުން ސަރުކާރުން ފުރަތަަމަ އެއްބަސްވީ މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހުރިގާ ފައިސާއެއް ޖަމާކުރުމަށެވެ.

މިނިސްޓަރު ޝިޔާމު މީގެކުރިން ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ކުރީ ސަރުކާރުން ނުދީ ހުރި ފައިސާއާ އެކު ޖުމްލަ 650 މިލިއަނެއްހާ ރުފިޔާ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ނުދީ 147 މިލިއަން ރުފިޔާ އެބައޮތް ކަމަށް އެ ދުވަހު ޝިޔާމު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-