-Advertisement-

-Advertisement-

އިއްޔެ އެކަނި މާލޭ މަގުމަތިން 59 ޓަނުގެ ކުނި ނެގި: ސިޓީ ކައުންސިލް

މާލޭގެ މަގުމަތީގައި ހުރި ކުނިތަކެއް – ފޮޓޯ: މިހާރު

އިއްޔެ އެކަނި މާލޭ މަގުމަތިން 59 ޓަނުގެ ކުނި ނެގި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ސިޓީ ކައުންސިލުން ބުނީ އިއްޔެ އެކަނި މުޅު ޖުމްލަ 59.6 ޓަނުގެ ކުނި މާލޭ މަގުމަތިން ނަގައި އުކާލާފައިވާ ކަމަށާއި އެއީ ޖުމުލަ 51 ޕިކަޕުގެ ކުނި ކަމަށެވެ.

އެގޮތުން:

  • 350 ކިލޯގެ 26 ޕިކަޕު
  • 1.5 ޓަނުގެ 16 ޕިކަޕު
  • ތިން ޓަނުގެ ހަތް ޕިކަޕު
  • 3.5 ޓަނުގެ ޕިކަޕެއް
  • 2 ޓަނުގެ ޕިކަޕުގެ ކުނި އުކާލާފައިވާކަމަށް ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލޭގެ މަގުތަކުގައި ކުނި ގިނަވެ އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވަނީ ވެފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކައި ވެމްކޯއިން ވަނީ ތިން ދުވަހެއްގެ މުއްދަތަކަށް އާންމު ފަރާތްތަކަށް ހިލޭ ކުނި އުކޭނެ ގޮތް ހަމަޖައްސައިދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-