-Advertisement-

-Advertisement-

މި ރޯދަ މަހުގެ ފުރަތަމަ އިހްޔާ ފޯރަމް މާދަމާ ރޭ ލާމުގައި ބާއްވަނީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރޯދަމަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަމުންގެންދާ އިހްޔާ ފޯރަމްގެ މިއަހަރުގެ ފުރަތަމަ ފޯރަމް މާދަމާ ރޭ ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެ އެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް އޮންނާނީ މާދަމާ ރޭ ލ ފޮނަދޫގައި ގައިއެވެ. މާދަމާ ރޭ 21:30 ގައި ފެށުމަށް ތާވަލުކޮށްފައިވާ ފޯރަމް އޮންނާނީ ފޮނަދޫގައި ހުންނަ ލ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނިގޮތުގައި މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިހްޔާ ޕްރޮގްރާމުގެ މައުލޫއަކީ “ރަމަޟާން މަހަށް މަރުހަބާ ކިޔުން” މެވެ. އަދި މާދަމާ ރޭގެ އިހްޔާ ޕްރޮގްރާމުގައި ތަގްރީރު ކުރައްވާނީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން ކަމަށްވެސް އެމިނިސްޓްރީގެ ފަރާތުން ބުނެފައިވެއެވެ.

މި ފޯރަމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ.

މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިޔަށް ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައި އެވެ.

މީގެ އިތުރުން މިއަހަރު ސްކޫލުތަކަށް ޚާއްސަ ކޮށްގެެން އިހްޔާ ފޯރަމްތައް ބޭއްވުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-