ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ރަސްމީ ގެކޮޅު ހިލާލީގެއިން ނުކުމެވަޑައިގެންފި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އެ މަނިކުފާނު މިއަދު ދޮގު ކުރައްވައިފިއެވެ.
Mee ehves hageegatheh neh vaahaka eh. mifadha dhogu hadhaa Mujuthamau fasaadha kurun huttaalan govaalan. https://t.co/v2rqcXncNz
— Hussain Mohamed Latheef (@HucenSembe) March 12, 2024
ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލާލީގެއިން ނުކުމެވަޑައިގެން ނައިބު ރައީސް ވަނީ ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި، ނައިބު ރައީސް ހިލާލީގެއިން ނުކުމެވަޑައިގަތީ، ސަރުކާރުގެ ތެރެއިން ޖާސޫސްކުރާތީ ކަމަށް ވެސް އެ ނޫހުގައި ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމަކު، ނައިބު ރައީސް ހުސައިން ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފައެވެ.
މިކަން ދޮގު ކުރައްވައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު ވާހަކަތައް ފަތުރައިގެން މުޖުތަމު ފަސާދަކުރުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ރަސްމީ ގެކޮޅު، ހިލާލީގެއިން ނައިބު ރައީސް ނުކުމެވަޑައިގެން ކަމަށް ބައެއް މީޑިއާތަކުން އަޑު ފަތުރަމުންދާއިރު، އެ މަނިކުފާނު އަދި ހިލާލީގެއަށް ބަދަލުވެވަޑައެއްވެސް ނުގަންނަވައެވެ. އެ ތަނުގައި އަދިވެސް އަންނަނީ މަރާމާތުތަކެއް ކުރަމުންނެވެ.
ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ހާއްސަކޮށްފައިވާ ގެކޮޅެވެ.