ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއް ރިޕޯޓްނުކޮށް ދިޔަ ބަޔަކު ހޯދަން ފަށައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ވަނީ އެކްސިޑެންޓެއް ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަން ވީޑިއޯއެއް އާންމުކޮށް، އެ މީހުންނަކީ ހޯދަން ބޭނުންވި ނަމަވެސް ކޮން ބައެއްކަން ދަނެގަނެވިފައި ނުވާ މީހުން ކަމަށް ބުނެފައެވެ.
މި ވީޑިއޯ އިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
ފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގާ މިންވަރު މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. މިފަދަ އެކްސިޑެންޓުތަކުގައި ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ދަނީ ގެއްލެމުންނެވެ.