-Advertisement-

-Advertisement-

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އިތުރު 1600 މީހުން ހޯދަން އީސީ އިން އިއުލާނުކޮށްފި

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީީސް އިސްމާޢީލް ހަބީބް

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް އިތުރު 1600 މީހުން ހޯދަން އީސީ އިން އިއުލާނުކޮށްފިއެވެ.

ރޭ އަސްލު ޓީވީގެ “ބާބު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، މާލެއަށް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބޭ ކަމަށާއި 6000 އޮފިޝަލުން ބޭނުންވާއިރު މިހާރު އަދި ތަމްރީން ކުރީ 4400 އެއްހާ އޮފިޝަލުން ކަމަށެވެ.

“އިތުރަށް 1600 އޮފިޝަލުން ބޭނުން. އިތުރަށް ޓްރޭންވެސް ކުރަން ޖެހޭ. ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހަށް ބޭއްވި ނަމަ، ގިނަ މުވައްޒަފުންތަކެއް ދޫކޮށްލެވޭނެ، އީސީގެ ހަރަދުތައް ކުޑަވާނެ،” ހަބީބު

ހާރުވެސް ވަގުތީ 300 މުވައްޒަފުންގެ ރޯދަ އިނާޔަތަށް އެކަނިވެސް، މިލިޔަނަކާއި ގާތްކުރާ އަދަދަކަށް ފައިސާ ހަރަދުވާކަމަށާއި،  ފޯކަލް ޕޮއިންޓު ތަކާއި އިތުރު ގަޑީގެ ފައިސާ ދިނުމާއި އޭގެ ސަބަބުން އިތުރު ކަންތައްތަކަށް ހަރަދުތައް ހިނގާނެ ކަމަށްވެސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުގައި ކަމަށް ވުމުން، ޓްރޭނިން ވުމަށްފަހު ވޯޓުލާން ޖެހޭ ދުވަހާއި ދެމެދު ދޮޅުމަސް ދުވަހުގެ މުއްދަތެއް ހޭދަވާތީ އަލުން އޮފިޝަލުންނަށް ރި-ފްރެޝާ ޓްރޭނިގް ތަކެއް ބާއްވަން ޖެހޭ ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

“ޓްރޭނިން ބައްވަން ޖެހޭ ސަބަބަކީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް އައި ބަދަލުން. އެބަދަލުތައް އޮފިޝަލުންނަށް އެނގެންޖެހޭނެ. ވޯޓު ފޮށީގެ ވެރިންނާއި އެހީތެރިންނަށް އިނގެން ޖެހޭނެ. ސައްހަ ވޯޓާއި ބާތިލް ވޯޓު ބަދަލު އައިސްފި ކަމަށް އީސީން އޮފިޝަލުންނަށް އަންގަން ޖެހޭނެ،” ހަބީބު

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-