-Advertisement-

-Advertisement-

މެމްބަރުން ގުނާ ގޮތް ބާތިލު ކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތް ބަދަލު ކުރަން މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ކ، އ، އަދި ވ. އުނިކުރުމަށްފަހު މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާގެ އެއްވަނަ މާއްދާގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާގެ މައިގަނޑު މަހުފޫމަކީވެސް 49 ވަނަ މާއްދާގެ ކ، އ، އަދި ވ. ހާމަކޮށްދޭ ނަތީޖާ ކަމަށެވެ.

އެ މާއްދާތަކަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމް ކޮށްފައެވެ. އެ މައްސައިގައި ހުކުމް ކުރުމުގެ ކުރިން އެ މާއްދާތައް ބާތިލު ކޮށްފައިވާތީ، ކޯޓުން އަޅައިދެވޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނެފައި ވެއެވެ.

ނަމަވެސް މިއަދުގެ ޖަލްސާ ފައްޓަވަމުން ފައްޓަވަމުން އަސްލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅާފައިވާތީ، ގަވާއިދަށް ގެނައި އިސްލާހު އުވައިލަން ހުށަހަޅުއްވާ ކަމަށެވެ. ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައި ނުވާކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާ އިތުރުކޮށްފައިވާ މާއްދާއަށް މަޖިލީހުން ގޮތެއް ނިންމަވައި އުވާލަދިނުމުގެ މައްސަލަ މި މަޖިލީހަށް ގެނެސްގެން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-