ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ތުރުކީއިން ގަތް ޑްރޯންތަކައް ޚާއްސަ ބޭސްއެއް ނ މާފަރުގައި ތަރައްޤީކުރަމުންދާކަމަށް ބޭރުގެ ރިޕޯޓުތައް ބުނެފި އެވެ.
މެދުއިރުމަތީގެ ހަބަރުތައް ގެނެސްދޭ މިޑިލްއީސްޓް މޮނީޓާ, މެމޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ތުރުކީގެސަވައިލަންސް ޑްރޯން ތަކެއް މިހާރު ވަނީ ގަނެފައި އެވެ.
ރާއްޖޭގައި ބައެއް އިސް އޮފިޝަލުންތަކާއި ހަވާލާދީ މެމޯއިން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް މޮނިޓާ ކުރުމަށް ތުރުކީން ގަތް އަސްކަރީ ޑްރޯންތައް އޮޕަރޭޓް ކުރުމަށް ނޫނު އަތޮޅު މާފަރުގައި ޑްރޯން ބޭސްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.