-Advertisement-

-Advertisement-

ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީ ކުރަން އިންވެސްޓަރުންނަށް ހުޅުވާލައިފި

އައްޑޫ ސިޓީ. ފޮޓޯ؛ ދަ ޓައިމްސް އޮފް އައްޑޫ

އައްޑޫ ހިތަދޫގެ އީދިގަލި ޓޫރިޒަމް ޒޯނުގައި ޓޫރިޒަމްގެ ވަސީލަތްތައް ތަރައްގީ ކުރަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލްގެ ފަރާތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އީދިގަލި ޓޫރިޒަމް ޒޯނުގެ ގާތްގަނޑަކަށް 21،000 އަކަ މީޓަރުގެ ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދުގައި ޓޫރިޒަމް ވަސީލަތްތައް ތަރައްގީ ކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ސަރަހައްދު ކުއްޔަށް ދޫކުރެވޭނީ 50 އަހަރުގެ މުއްދަތަށް ކަމަށާއި އެ ތަނުގައި ތަރައްގީ ކުރެވޭނެ އިންވެސްޓްމަންޓުތަކުގެ ތެރޭގައި ސިޓީ ހޮޓަލާއި ގުޅުން ހުރި ޓޫރިޒަމް ވަސީލަތްތައް ހިމެނޭ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަކޮށް “އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން” ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ތެރޭގައި ތައާރަފްކޮށްފަ އެވެ.

އެ ޕްލޭންގެ ދަށުން މި ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ. އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.

ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލޭޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-