-Advertisement-

-Advertisement-

ހަނޑުލާއި ފުށް ދޫކުރާ ގަޑި ބަދަލުވެއްޖެ، ދެން ދޫކުރާނީ ހަމައެކަނި ރޭގަނޑު

ގަލޮޅު ދަނޑުގައި އާންމުންނަށް ހަނޑުލާއި ފުށް ދޫކުރަނީ / ފޮޓޯ: އެސްޓީއޯ

ސަރުކާރުން ހިލޭ ގޭބީސީތަކަށް ބަހަން ނިންމާފައިވާ ފުށާއި ހަނޑޫ ބެހުމުގެ މަސައްކަތް ހަމައެކަނި ރޭގަނޑު ކުރިއަށް ގެންދާ ގޮތަށް ސިޓީ ކައުންސިލުން ބަދަލުކޮށްފިއެވެ.

މި ބަދަލާއެކު ދެން ހަނޑުލާއި ފުށް ދޫކުރަމުން ދާނީ ރޭގަނޑު 9:00 އިން 12:00 އަށެވެ.

މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި އެސްޓީއޯ ގުޅިގެންނެވެ. އެކަމަށް ހާއްސަކޮށް މާލެ ސަރަހައްދުގައި ވަނީ ހަ ސަރަހައްދެއްގައި ސްޓޭޝަންތަކެއް ގާއިމުކޮށްފަ އެވެ. އެއީ:

  • ގަލޮޅު ދަނޑު
  • މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައި
  • ސޯޝަލް ސެންޓަރު
  • ބިއްރި މިސްކިތް ހޯލް – ވިލިމާލެ
  • އުމަރު ޒާހިރު ބިލްޑިން – ހުޅުމާލެ ފޭސް 1
  • ހިޔާ ފްލެޓް ޓަވަރު 10 ޔޫތު ސެންޓަރު – ހުޅުމާލެ ފޭސް 2 އެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ވަނީ މިދިޔަ ބުދަ ދުވަހު ދޯނިތަކަށް ބަރުކުރަން ފަށާފައި ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި އެ މުދާ ގޭބީސީ ތަކަށް ދޫކުރާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

މީގެއިތުރުން ހަދިޔާ (ހަނޑުލާއި ފުށް) ދޫކުރަން ހަމަޖެހިފައި ވަނީ ދިވެހިންނަށް އެކަނިކަން އެސްޓީއޯއިން ވަނީ ފާހަގަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-