-Advertisement-

-Advertisement-

މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި މަހު ދައުލަތަށް ޑޮލަރުން ލިބުން އާމްދަނީ 2.36 މިލިއަން ދަށަށް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު މި މަހު ދައުލަތަށް ޑޮލަރުން ލިބުން އާމްދަނީ 2.36 މިލިއަން ޑޮލަރު ދަށަށް ގޮސްފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ ޖެނުއަރީ މަހު 102.7 މިލިއަން ޑޮލަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އިރު، މިދިޔަ މަހު ދައުލަތަށް ލިބުނީ 100.34 މިލިއަން ޑޮލަރެވެ. އެހެންކަމުން އެއ ީ2.36 މިލިއަން ޑޮލަރުގެ ދަށް އަދަދެކެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުނ ްމިދިޔަ މަހު ލިބުނު އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 33.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ 2024 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 22.3 ޕަސެންޓް ގިނަ އަދަދެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މީރާއިން ބުނިގޮތުގައި މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ:

  • ޖީއެސްޓީ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން
  • ބޭންކް ޕްރޮފިޓް ޓެކްސް ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން
  • އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން
  • ޖެނުއަރީގައި ރާއްޖެއަށް ޒިޔާރާތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ ޓޫރިސްޓުންނަށް ވުރެ، ހަތަރު ޕަސެންޓް އިތުރު އަދަދެއްކަމުގައިވުން ހިމެއެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-