-Advertisement-

-Advertisement-

ޑްރޯން އަގު ބޮޑުކޮށް ގަންނަނީ މަޖިލީސް އިންތިހާބަށް ފައިސާ ހޯދަން: އެމްޑީޕީ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ – ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރާއްޖެގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމައްޓަކައި ތުރުކީއިން ބާޒާރުގައި ލިބެންހުރި އަގައްވުރެ ބޮޑު އަގެއްގައި ޑްރޯން ގަނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދަންކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ތުރުމަތުކޮއްފައެވެ.

އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ތަރުޖަމާން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަދާޅުވީ ނިމިދިޔަ ސަރުކާރުންވެސް ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގެނައުމުގެ މަސައްކަތް ކޮއްފައިވާ ކަމަށާއި, ސަރުކާރު ބަދަލުވީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ދަނިކޮށްކަމަށެވެ.

މީގެ އިތުރުން އީސާ ވިދާޅުވީ ކުއްލިއަކަށް އެވަރުގެ ބޮޑު ހަރަދެއް ބަޖެޓް ނުކޮށް، ސަރުކާރުން 30 މިލިއަން ހަރުދުކޮއްފައި ޑްރޯން ގަތުމުން ސަވާލު އުފެދޭ ކަމަށެވެ. އަދި އެއްވުރެ އަގުހެޔޮކޮށް ޑްރޯން ހޯދޭނެ ގޮތުގެ ތަފްސީލު އެމްޑީޕީ އަތުގައި އެބަހުރި ކަމަށެވެ.

“ކުއްލިއަކަށް ގޮސް ތިވަރުގެ ބޮޑު ހަރަދެއް، ބަޖެޓް ނުކުރައްވާ ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ ބޮޑު އަގުގައި ކުރައްވާފައި އެއޮތީ” އީސާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯންތައް ތުރުއިން ގެނެސް ނ. މާފަރުގައި ބޭސްއެއް ހަދަން ސަރުކާރުންވަނީ ނިންމާފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-