1800 ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން އުފެދިފައިވާ ބްރައުނީ ކޭކަކީ ކޮންމެ ގެއެއްގައިވެސް ތައްޔާރު ކޮށްލެވިދާނެ ފަސޭހަ އެއްޗެކެވެ.
ބޭނުންވާ ތަކެތި
200ގ ބަޓަރު، ކޮށާފައި
200ގ ކެޑްބަރީ ބެކިންގ ޑާކް ޗޮކްލެޓް
1 ތަށި ބްރައުން ޝުގާރ
3 ބިސް،
1 ސައިސަމުސާ ވެނީލާ އެކްސްޓްރެކްޓް
3/4ތަށި ފުށް
2މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
100ގ ޗޮކްލެޓް ޗިޕްސް
ތައްޔާރުކުރާނެ ގޮތް
ސޯސްޕޭންއެއްގައި ބަޓަރާއި ޑާކް ޗޮކްލެޓް އަދި ހަކުރު މަޑުގިނީގައި ރަނގަޅަށް މެލްޓް ކޮށްލާށެވެ. މި ޗޮކްލެޓް މިކްސްޗަރ އަށް ބިސް އަދި ވެނީލާ އަޅައި މިކްސް ކޮއްލާނީއެވެ. އެއަށްފަހު މިކްސްޗަރގެ މައްޗަށް ފުށާއި ކޮކޯ ޕައުޑަރ ފުރާނާލާފައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. ހުރިހާއެއްޗެއް އެއްކުރުމަށްފަހު އެންމެ ފަހުން ޗޮކްލެޓް ޗިޕްސް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ.
ބްރައުނީ މިކްސްޗަރ ތަވައަށް އަޅާ 20 މިނެޓް ނުވަތަ މަތި ހަރުވަންދެން ފިހެލާށެވެ. އެއަށްފަހު ފިނިކުރަން ބަހައްޓާށެވެ. ފިނިވުމުން ޕްލާސްޓިކް ފުޑް ރެޕްގައި އޮޅާލާފައި، ވައި ނުވަންނަ ކޮންޓެއިނަރެއްގައި ބަންދުކޮއްފައި ބަހަށްޓާށެވެ. މިގޮތައް ރޭގަނޑު އެއްކޮށް ބެހެއްޓުމަށްފަހު ދުވާލު ސާރވް ކުރެވިދާނެއެވެ.