މައްޝޫރު ޓެކް ޔޫޓީއުބަރ އެމްކޭބީއެޗްޑީ ކުރި ރިވިއުއަކާއި އެކު ކާރު އުފައްދާ ކުންފުންޏެއް ބޭންކްރަޕްސީއަށް ފައިލް ކުރަން ތައްޔާރުވެފައިވާ ކަމަށް ދަ ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓްކޮއްފިއެވެ.
ފިސްކަރ އިންކްގެ ފިސްކާރ އޯޝަން ނަމަކަށް ކާރުގެ ރިވިއުގައި އެމްކޭބީއެޗްޑީ ބުނެފައިވަނީ “މިހާތަނަށް ރިވިއު ކުރި އެންމެ ގޯސް ކާރު” ކަމަށެވެ.
ކާރު ރިވިއު ކުރުމަށް އެމްކޭބީއެޗްޑީ ފިސްކަރ އިންކް ކުންފުނީގައި އެދުމުން އެކަމަށް އެކުންފުނިން ވަނީ އިންކާރު ކޮއްފައިއެވެ. ސަބަބަކަށް ބުނެފައިވަނީ ވަރަށް މުހިންމު ސޮފްޓްވެޔާ އަޕްޑޭޓް ކާރަށް އެބަ ތައްޔާރުކުރާ ކަމަށާއި, އޭގެ ފަހުން ކާރު ރިވިއު ކުރުމަށެވެ. ނަމަވެސް އެމްކޭބީއެޗްޑީ ބުނެފައިވަނީ ކުރިޔަށް އޮތާގައި އަންނާނެ ސޮފްޓްވެޔާ އަޕްޑޭޓަކަށް ބަލައި އޭނާ ކާރު ރިވިއު ކުރުމަކީ އޭނާގެ ޕޮލިސީސްތަކާއި ހިލާފު ކަމެއް ކަމުގައިއެވެ.
އެމްކޭބީއެޗްޑީ އަކީ ޔޫޓިއުބްގައި 18 މިލިއަން ސަބްސްކްރައިބަރުން ތިބި މައްޝޫރު ޔޫޓީއުބަރެކެވެ. އޭނާގެ ރިވިއު އަށް ކާރ ޑީލާރެއްގެ އަތުން ފިސްކާރ އޯޝަން ކާރެއް ހޯދައި ޔޫޓިއުބަށް ލުމާއި އެކު ފިސްކަރ އިންކްގެ ސްޓޮކް ވަނީ 20 އިންސައްތަ އަށް ވެއްޓިފައިއެވެ. މިހާތަކަން އެ ކުންފުނީގެ ސްޓޮކް ވަނީ 80 އިންސައްތައަށް ވެއްޓިފައިއެވެ.
އެމްކޭބީއެޗްޑީ ރިވިއު މިހާތަނަށް 4.5 މިލިއަން މީހުން ބަލާފައިވެއެވެ.