ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް މި ފަހަރު ވެސް އޮންނާނީ ރާއްޖޭގައި ކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފިއެވެ.
މިދިޔަ އަހަރު، ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކޮށްފައިވާ ގައުމުތަކަކީ:
- އިންޑިއާ
- ނޭޕާލް
- ޕާކިސްތާން
- އަފްގާނިސްތާން
- ދިވެހިރާއްޖެ އެވެ.
މި ފަހަރުގެ މުބާރާތް ތާވަލުކޮށްފައިވަނީ، ޖޫން 6-10 އަށް ވާއިރު، މިދިޔަ އަހަރު ކުރިއަށްދިޔަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭން ހަތަރު ރަން މެޑަލް އާއި ހަތަރު ރިހި މެޑަލް އަދި ބްރޯންޒް މެޑެއްޔެއް ހޯދައިފައިވެއެވެ.
މި މެޑަލްތަކުގެ ތެރެއިން ހާއްސަ އީ މުހައްމަދު މޫސާ (މޯޑް) އާއި އަޒްނީން ރަޝާދު ހޯދި ރަން މެޑަލް އެވެ. މި ދެ އެތުލީޓުން ވަނީ އެންމެ ފޯކަސް ކުރާ ކެޓަގަރީން ރަން މެޑަލް ދިފާއުކޮށްފައެވެ.
މީ ރާއްޖޭން ޖެހިޖެހިގެން ދެ ވަނަ ފަަހަރަށް ދެކުނު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ހޯސްޓް ކުރާ ފަހަރެވެ. 2022 ވަަނަ އަހަރު އޭޝިއާގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވައިފަ ވަނީ ކ. މާފުށީގަ އެވެ.