-Advertisement-

-Advertisement-

އަމިއްލަ ގައުމު އަމިއްލައަށް ބަލަހައްޓަން ކުރަމުން އަންނަ މަސައްކަތް މިއަދު ހަގީގަތަށް ހަދައިފިން: ރައީސް

މާފަރު އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އަމިއްލަ ގައުމު އަމިއްލައަށް ބަލަހައްޓަން ކުރަމުން އަންނަ މަސައްކަތް މިއަދު ހަގީގަތަށް ހަދައިފައިވާކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގެ ވައިގެ ކޯ އާއި އަސްކަރީ ޑްރޯންތައް އިފްތިތާހްކުރުމަށް މާފަރުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ރާއްޖެ ހިމެނޭ މި ބޮޑު ސަރަހައްދަކީ ދިވެހިންގެ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގްބަލް އުޖާލާ ކުރުމައްޓަކައި ލިބިފައިވާ ބޮޑު ނިއުމަތެއް ކަމަށެވެ. މި ސަރަހައްދުން ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމައްޓަކައި ކުރެވިދާނެ އެތައް ކަމެއް އެބަ ހުރިކަން އެންމެން ގަބޫލު ކުރަންޖެހޭ ކަމެއް ކަމަށާ މި ސަރަހައްދު ބެލެހެއްޓުމަކީ އެންމެން ކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށެވެ.

އަދި އަމިއްލަ ގައުމު އަމިއްލައަށް ބަލަހައްޓަން ކުރަމުން އަންނަ މަސައްކަތް މިއަދު ހަގީގަތަށް ހައްދަވައި ދެއްވައިފި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތުގައި އެމަނިކުފާނަށް އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ އިސްލާމީ އުންމަތް ފަހުރުވެރިވާ ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ކަމަށެވެ. ތުރުކީގެ ރައީސް އަށް ރައީސް މުއިއްޒު ވަނީ އެމަނިކުފާނާއި ހުރިހާ ދިވެހިން ނަމުގައި ހާއްސަ ޝުކުރެއް އަދާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޑްރޯން ހިދުމަތަށް އެގައުމުގެ ކުންފުންޏަކާއި އެކު ވެވުނު އެއްބަސްވުމުގެ އިތުރުން ހިދުމަތަށް ބޭނުންވާ ގިނަ އާލާތްތަކެއް އެގައުމުގެ ސަރުކާރުން ރާއްޖެއަށް ހިލޭ ހަދިޔާކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެތަކެތީގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-