-Advertisement-

-Advertisement-

އޮސްޓްރޭލިއާ އިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭން އަލުން ފަންޑު ކުރަނީ

އޮސްޓްރޭލިއާ އިން ފަލަސްތީނަށް އެހީ ފޯރުކޮށްދޭ އިދާރާއަށް އަލުން ފަންޑު ކުރަން ނިންމައިފިއެވެ.

އޮސްޓރޭލިޔާގެ ފޮރިން މިނިސްޓަރ ޕެނީ ވޮންގ ވިދާލުވީ މިގޮތަށް ކަން ކުރަން ނިންމީ އދ ގެ އިދާރާތަކާއި މަޝްވަރާކޮށް، އޮސްޓްރޭލިޔާ ސަރުކާރުގެ ވަކީލުންގެ އިރުޝާދާއި އެއްކޮށް ކަމަށެވެ.

އޮސްޓްރޭލިއާގެ އިތުރުން ސްވިޑެން، ކެނެޑާ އަދި ޔޫރަޕިޔަން ކޮމިޝަނުންވެސް ވަނީ ފަލަސްތީނަށް އަލުން ފަންޑު ކުރަން ނިންމާފައެވެ.

އޮސްޓްރޭލިޔާ ހިމެނޭހެން 15 ގައުމަކުން އެއިދާރާއަށް މާލީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ ދައުރެއް އޮތް ކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ. މި މައްސަލަ ވަނީ އދ އިން ތަހުގީގުކޮށް ބަޔެއް މުވައްޒަފުންނަށް ފިޔަވަޅު އަޅާފައެވެ.

އޮސްޓްރޭލިއާއިން މިފަދައިން ނިންމާފައިވާއިރު، 200 ޓަނުގެ ކާބޯތަކެތި ބަރުކޮށްގެން ދިޔަ ‘އޯޕަންއާމްސް’ ނަމަކަށް ކިޔާ ބޯޓަކުން މިހާރު ދަނީ ގާޒާއަށް ކާބޯތަކެތި ބާލަމުންނެވެ.

ގާޒާއަށް ބަލާ ތަކެތި ބަލައި އާންމު ރައްޔިތުން އެއްވެފައި ވާ އިރު ތަކެތި ބެހުމުގެ ކަންކަން އަދި ކުރިއަށް ދާ ގޮތުގެ މައުލޫމާތެއް ނުލިބެއެވެ.

މި ތަކެތި ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ ހަމަޖެހޭ އުސޫލަކުން ކަމުން ކަމާބެހޭ އިދާރާތަކުން ބުނެފައި ވާ އިރު, ހައިހޫނު ކަމުގެ ތުންފަންމަތީގައި ތިބި ގާޒާގެ ރައްޔިތުންނަށް މިއީ މިވަގުތަށް ކޮންމެހެންވެސް ބޭނުންވާ ކާނާ ކަމަށް ބުނެފައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-