-Advertisement-

-Advertisement-

މީ އެންމެ ހޫނު ދުވަސްވަރު، މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން 41.2 ޑިގްރީގައި!

މާލެސިޓީ މަގުމަތީގައި ޓެކްސީތައް ދުއްވަނީ – ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

މީ އެންމެ ހޫނު ދުވަސްވަރުކަމަށާއި މާލެ ސަރަހައްދަށް މިއަދު އިހްސާސްކުރެވޭ ހޫނުމިން ހުރީ 41.2 ޑިގްރީގައި ކަމަށް މޫސުމަށް ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓުން ބުނީ މިހެން ވާން ދިމާވަނީ ވިލާ މަދުވެ ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވުމުން ކަމަށެވެ.

މީގެ އިތުރުން މިއަހަރަކީ އެލްނީނޯ އަހަރެއް ކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. އެއީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުން އަންނަ މޫސުމީ ބަދަލަށް ކިޔާ ނަމެކެވެ. އެލްނީނޯގައި އޮއި ބާރުވެ ވައިބާރުވެ ފިނި ހޫނިމިން މައްޗަށް ގޮސް މޫސުމީ ގިނަ ބަދަލުތަކެއް އާދެއެވެ.

ރާއްޖެއަށް މި ދުވަސް ވަރު ހޫނުމިން މަތިވެފައި ވާ އިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާ ކޮށްފައި ވާ ވަގުތަކީ މެންދުރު ފަހުގެ 2 ޖަހާ ހާއިރެވެ.

އެހެންކަމުން މެޓުން ވަނީ ރައްކާތެރިވެގެން ތިބުމަށް އިލްތިމާސްކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-