-Advertisement-

-Advertisement-

ގޫގުލް އައިއޯ މެއި 14 ގައި

ގޫގުލްގެ ޑިވެލޮޕަރުންނަށް ހާއްސަ ކޮންފަރެންސް,  ގޫގުލް އައިއޯ މި އަހަރު އޮންނާނެ ދުވަސް ގޫގުލްއިން ހާމަކޮއްފިއެވެ.

ގޫގުލް އައިއޯ އަކީ ކޮންމެ އަހަރަކުވެސް ގޫގުލްގެ އާ ސޮފްޓްވެޔަރތައް ދައްކާލުމާއި, ޑިވެލޮޕަރުންނަށް އާ ފީޗާސްތަކުގެ ޑޮކިއުމެންޓޭޝަން ދިނުމަށް ހަފްތާއެއްގެ މުއްދަތައް މައުންޓް ވިއު، ކެލިފޯނިއާގައި ބާއްވާ ޑިވެލޮޕަރުންގެ އީދެކެވެ.

ހަފްތާއަކަށް ކުރިޔަށްދާ މި ޑިވެލޮޕަރ ކޮންފަރެންސްގެ އެންމެ މައި އިވެންޓަކީ ގޫގުލްއިންދޭ ކީ ނޯޓެވެ. މި ކީ ނޯޓް ދޭނީ ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗައި އެވެ.

މި އަހަރުގެ ގޫގުލް އައިއޯގައި އެންޑްރޮއިޑް 15 އަދި ވެޔާރ އޯއެސްގެ ފަހުގެ ވަރޝަން  ދައްކާލާނެއެވެ. އައިއޯ އަކީ މައިގަނޑު ގޮތެއްގައި ސޮފްޓްވެޔާރ އަށް ހާއްސަ އިވެންޓަކަށްވިޔަސް ހާޑްވެއާތައްވެސް މި އިވެންޓްގައި ފެނިގެންދާނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ގޫގުލްއިން މި އަހަރު އާ ޕްލެޓްފޯމެއް “އެކްސްއާރް”ގެ ނަމުގައި ތައާރަފް ކުރާނެއެވެ. މިއީ އެޕަލްގެ ވިޒަން ޕްރޯ ފަދަ ޑިވައިސްއެއް ގޫގުލްއިން ތައްޔާރު ކުރުމަށް ތާއާރަފްކުރާ ޕްލެޓްފޯމެކެވެ.

މި އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ގޫގުލައިން ލައިވް ކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-