-Advertisement-

-Advertisement-

މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ބޭރުގެ ތިން ގައުމެއްގައި

ޖަނަވަރީ 14, 2022 - މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގެ ވޯޓު ލުމުގެ ތެރެއިން. ވޯޓު ލާން ނިކުތީ ހައްގު ލިބިފައިވާ 30% މީހުން ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ވޯޓުފޮށި ބަހައްޓާނީ ތިން ގައުމެއްގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޕްރީލް 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ތަންތަނުގެ ތެރެއިން ރިސޯޓު، ރާއްޖެއިން ބޭރު އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަމަވިއިރު ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވުމުގެ ސަބަބުން ބައެއް ތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ތިން ގައުމަކީ މެލޭޝިއާ އިންޑިއާ އަދި ސްރީލަންކާއެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ކުރިން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސި ވިލާތް، އަދި ތައިލެންޑް ހިމެނެއެވެ. އެކަމަކު، ވޯޓުލުމަށް އެ ގައުމުތަކުގައި 150 މީހުން ރަޖިސްޓްރީވެފައި ނުވާތީ ވޯޓު ފޮށި ނުބަހައްޓަން ނިންމީއެވެ.

އެ ތަންތަނުގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމާއެކު އެ ކޮމިޝަނުން ވަނީ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-