މަގުމަތިން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ދެ ފަހަރެއްގައި މަގުމަތިން ހޮވި 10،000 ރުފިޔާއަކާއި 700 ރުފިޔާއެއްގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 10،000 ރުފިޔާ ހޮވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ދޮންއަނދަރާދަ ހިނގުން ގ. ރެސްރޯން ކުރިމަތިންނެވެ.
ފުލުހުން ވަނީ އެ ފައިސާގެ ވެރިފަރާތުން 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރަން އެދިފައެވެ. އަދި، ކާކުކަން އެނގޭނެ ލިޔުމަކާ އެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން ވަނީ އެދިފައެވެ.
ހޯދަން އިއުލާނުކުރި 700 ރުފިޔާއަކީ އިއްޔެ މ. ހިޖާޒު ކައިރިން ހޮވައިގެން ގެނެސްފައިވާ ފައިސާތަކެކެވެ.
އެ ފައިސާގެ ވެރިފަރާތުން 9660183 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު މައުލޫމާތު ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ. އަދި، ކާކުކަން އެނގޭނެ ލިޔުމަކާ އެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވާން ވަނީ އެދިފައެވެ.
- އިންސިޑެންޓް ނަންބަރު 591291 -700 ރުފިޔާ
- އިންސިޑެންޓް ނަންބަރު 591082 -10،000 ރުފިޔާ