-Advertisement-

-Advertisement-

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓު 2 ލައްކައާ ހަމައަށް ބޮޑުކޮށްފި

އެމްއެމްއޭ ބިލްޑިންގް -- ފޮޓޯ: އަވަސް

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓު 2 ލައްކައާ ހަމައަށް ބޮޑުކޮށްފިއެވެ.

މީގެ ކުރިން ފަވަރައި ޓްރާންސްފާ ކުރެވެނީ ފަހަރަކު 50،000 ރުފިޔާއާ ހަމައަށް ކަމަށްވާއިރު މިހާރުގެ އާ ލިމިޓާއެކު ޓްރާންސްފާ ކުރެވޭ އަދަދު ވަނީ 2 ލައްކައަށް ބަދަލުކޮށްފައެވެ. އަދި މީގެ ކުރިން ފަވަރައިން ރިކުއެސްޓް ކުރެވެނީ ފަހަރަކު 5،000 ރުފިޔާއާ ހަމައަށް ކަމަށްވާއިރު މިއަދު އަމަލުކުރަން ފަށާ އާ ލިމިޓާއެކުގައި ރިކުއެސްޓް ކުރެވޭ އަދަދު ވަނީ 10،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައެވެ.

“ފަވަރަ”އަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޙިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ގާއިމުކޮށްފައިވާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމެކެވެ.

ޖުމްލަ 5 ބޭންކެއް މެދުވެރިކޮށް މިހާރު ފަވަރަގެ ހިދުމަތްތައް ލިބިގެންދާއިރު އޭގެ ތެރޭގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)އެވެ.

ފަވަރަ ސިސްޓަމުން ލިބޭ ހިދުމަތްތަކަށް ބަލާއިރު:

  • ވަގުތުން ފައިސާ ފޮނުވޭ ހިދުމަތް (އިންސްޓަންޓް ޕޭމަންޓްސް)
  • ފައިސާ ހޯދުމަށް ފަސޭހަގޮތެއް (ރިކުއެސްޓް ޓު ޕޭ)
  • އެކައުންޓް ނަންބަރު ނޫން ގޮތެއް (ސްމާޓް އެޑްރެސިން)
  • އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން) ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-