-Advertisement-

-Advertisement-

އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަނީ

ފުލުހުން ބޭއްވި ނޫސް ކޮންފެރެންސްގެ ތެރެއިން / ފޮޓޯ: ޕޮލިސް

މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އިން އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށެވެ. އަދި އެ ކަމުގެ ތަހުގީގު އެއްކޮށް ފުރިހަމަ ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

“މި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކުރުމަށްޓަކައި, ކުޑަކުއްޖަކު ވެސް ހިމެނޭ ގޮތަށް ދައުވާ ކުރުމަށްޓަކައި ޕްރޮސެކިިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވާފައި,” ފުލުހުން

މީގެ ކުރިން ފުލުހުން ވަނީ ފައިސާ ގެއްލުނު މީހާގެ އެކައުންޓުން އެކި ފަހަރުމަތިން ޖުމްލަ 1.8 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ ކަމަށާއި މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާންސެކްޝަންތައް ހިންގާފައި ހުރި ބޭންކުތަކާ ވަގުތުން ކޯޑިނޭޓު ކުރެވުނު ކަމަށް ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-