-Advertisement-

-Advertisement-

އާރްޑީސީގެ ހިޔާނާތާ ގުޅިގެން ތުހުމަތުކުރެވޭ މައިގަނޑު ތިން ފަރާތެއްގެ ތަހުގީގުގެ ބޮޑު ބައި ނިމިއްޖެ: ފުލުހުން

ފުލުހުން އާރްޑީސީއަށް ވަނުން/ ފޮޓޯ: ސޯސަލް މީޑިއާ

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އާރުޑީސީގެ ފައިސާގެ ހިޔާނާތާ ގުޅިގެން ތުހުމަތުކުރެވޭ މައިގަނޑު ތިން ފަރާތެއް ހާޒިރުކޮށް ސުވާލުކޮށް ތަހުގީގުގެ ބޮޑު ބައެެއް މިހާރު ކުރިއަށް ގެންދެވިފައިވާ ކަމަށް ފުލުހުންގެ ފައިނޭންޝަލް ކްރައިމް ޑިޕާޓްމެންޓްގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޔޫސުފް ލޫތު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޫތު ވިދާޅުވީ، ކޮވިޑްގެ ތެރޭގައި ޗެކު މެދުވެރިކޮށް ފައިސާ ނެގުން ދެތިވެ، ގެނެވުނު ބައެއް ބަދަލުތަކުގެ ތެރޭގައި އާރްޑީސީގައި މަސައްކަތް ކުރާ އިސް މުވައްޒަފުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ފައިސާ ދައުރުކުރުވާފައިވާކަމަށެވެ.

މީގެއިތުރުން އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި ތިން މީހުންގެ ތެރެއިން އެކެއްގެ އަމިއްލަ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ އެކައުންޓަށް ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، ތިންވަނަ މީހާގެ އަމިއްލަ އެކައުންޓަށް ތިން މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ނާފިޒް ވިދާޅުވިއެވެ.

ނާފިޒު އިތުރަށް ވިދާޅުވީ ވިދާޅުވީ އާރްޑީސީއާ ގާތްގުޅުމެއް އޮންނަ ފަރާތެއްގެ އެކައުންޓަށްވެސް ފައިސާ ވަދެފައިވާ ކަމަށެވެ. އެގޮތުން މި ޚިޔާނާތް ހިނގަމުން ދިޔައިރު އެމީހާގެ ކުންފުނީގެ އެކައުންޓަށް 393،000 ރުފިޔާ ވަދެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ބަލަމުން އައި އިރު ފާހަގަ ކުރެވުނު ކަންކަން ހިއްސާ ކުރަމުން މީގެ ކުރިން ފުލުހުން ބުނީ އާރްޑީސީގެ އެކައުންޓުން އެކި މުވައްޒަފުންގެ އެކައުންޓްތަކަށް ފޮނުވާފައިވާ ކަމަށާއި އަދި އެ ފައިސާ އަކީ ކޮން ބޭނުމަކު ފޮނުވާފައިވާ ފައިސާއެއް ކަން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެތައް މުވައްޒަފުންތަކެއްގެ އެކައުންޓަށް ފައިސާ ފޮނުވާފައިވާ އިރު، އެކެއްގެ އެކައުންޓަށް 200 އަށް ވުރެ ގިނަ ޓްރާންސެކްޝަންތައް ހަދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-