-Advertisement-

-Advertisement-

ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅި އަށް!

ސަލާހުއްދީން ސްކޫލް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ސަލާހުއްދީން ސްކޫލުގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން ނިންމައިފިއެވެ.

ސަލާހުއްދީން ސުކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް މިއަދު ވިދާޅުވީ ސުކޫލުގެ ކިޔެވުން  ދެ ދަންފަޅި އަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ރަސްމީކޮށް އަންގާފައި ވާކަމަށާއި، މިއާއެކު ގިނަ ދަރިވަރުންނަށް އެ ސްކޫލުން ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ މި ސްކޫލުގައި ގްރޭޑް 1-10 އަށް ކިޔަވައިދޭއިރު މި ސްކޫލުގެ ކިޔެވުން ފެށީ، 1،709 ދަރިވަރުންނާ އެކުގައެވެ. ކިޔެވުން ފެށުނު އިރު 44 ކުލާސްރޫމެއްގައި އެއްދަންފަޅިއަށް ކިޔަވައިދިން ނަމަވެސް މިހާރު މި ސުކޫލުގެ އާބާދީ 2،053 ކުދިންނަށް އިތުރުވެ ދެ ސެޝަނަކަށް ހެދުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ބުދަ ދުވަހު ފޭސްބުކްގައި ވިދާޅުވީ، ހުޅުމާލެ 2 ގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ މީހުންގެ ކުދިންނަށް އެ ފިޔަވަހީގެ ސްކޫލަކުން ޖާގަ ހޯދުމަށް އެދި ތަކުރާރުކޮށް ހުށަހަޅާ ކަމަށެވެ.

“ދެ ވަނަ ފިޔަވަހިން ސްކޫލް ޖާގަ އަށް އެދި މިއަދާ ހަމައަށް 800 އަށް ވުރެ ގިނަ ރިކުއެސްޓް ލިބިފައިވާ ވާހަކަ ދަންނަވަން. މި ތައުލީމީ އަހަރު ނިމޭއިރު މި އަދަދު 1،000 އަށް ވުރެ އިތުރުވާ ނެކަމަށް ބެލެވޭ،” މިނިސްޓަރު 

އެގޮތުން ސަލާހުއްދީން ސްކޫލްގެ ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކޮށްގެން ނަމަވެސް ހުޅުމާލެ 2 ގައި ދިރިއުޅޭ ކުދިންނަށް ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-