-Advertisement-

-Advertisement-

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމަށް ސިރާޖު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސް ސިރާޖު

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ ރައީސްކަމަށް ހުސެއިން ސިރާޖު އިންތިހާބުކޮށްފިއެވެ.

މި މަގާމަށް އޭނާ އިންތިހާބުކޮށްފައިވަނީ ބާ ކައުންސިލްގެ ރައީސް ނިޔާވުމާ ގުޅިގެންނެވެ. އެގޮތުން އޭނާ ހޮވިފައިވަނީ 224 މެންބަރުންގެ ވޯޓުން މުޙައްމަދު ފައިސަލާ ވާދަކުރައްވައިގެންނެވެ. ފައިސަލްއަށް ލިބިފައިވަނީ 172 މެންބަރުންގެ ވޯޓެވެ.

2019ވަނަ އަހަރު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަންގެ ނައިބު ޗެއާމަންވެސް ސިރާޖު ވަނީ ކުރައްވާފައެވެ.

މީގެއިތުރުން، އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށް ހޮވިފައިވަނީ އަހުމަދު ޝިފާއުއެވެ. އޭނާއަށް ވޯޓު ދީފައިވަނީ 248 މެންބަރުންނެވެ. އަދި 88 މެންބަރުން އޭނާ ހޮވުމަށް ނުފެންނަ ގޮތަށް ވޯޓު ދީފައިވާކަމަށް ބާ ކައުންސިލުން ބުނެއެވެ.

މިއަދު 13:00 އިން 15:00 އަށް މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން ‘ފަހިވޯޓު’ މެދުވެރިކޮށް ބޭއްވި މި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވަނީ 991 އާންމު މެންބަރުންނެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-